Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

'އަހާ' ގެ 5 ވަނަ ފޯރަމް 24 ގައި

"އަހާ" ގެ 5 ވަނަ ފޯރަމް މި މަހުގެ 24 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

މިނިސްޓަރުންނާ ސުވާލު ކުރެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ފޯރަމް އޮންނާނީ 24 ވާ ބުރާސްފަތި ދުވަހުގެ ރޭ 9:00 ޕީއެސްއެމްގެ ޓީވީ ބިލްޑިންގުގަ އެވެ.

މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ މިނިސްޓަރުންނަކީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީގާއި އެގްރިކަލްޗަ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ބަހާ ބެހޭ މިނިސްޓަރު އާދަމް ނަސީރުގެ އިތުރުން އެޓާނީ ޖެނެރަލް އަޙްމަދު އުޝާމެވެ.

އެ ބޭފުޅުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ. ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކު ރުމާއި، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިންނާއި ސޯޝަލް މީޑީއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އެވެ.
އަދި ޕީއެސްއެމްގެ އެޕް، 'ޕީއެސްއެމް އެއާ" އެޕް މެދުވެރިކޮށް ވެސް ސުވާލު ކުރެވޭނެ އެވެ.

ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ "އަހާ" ސިލްސިލާގެ ފުރަތަމަ ފޯރަމް ބޭއްވީ ފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 25 ވަނަ ގަ އެވެ.