Last Updated: April 18, 20:01
Friday, April 18, 2025
ދުނިޔެ

ލަންކާ އިން މިއަންމާ އަށް މިލިއަން ޑޮލަރު ހަވާލުކޮށްފި

މިދިޔަ މަހުގެ ފަހުކޮޅު ވަރުގަދަ ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތައް ލިބުނު މިއަންމާ އަށް މާލީ ގޮތުން އެހީވުމުގެ ގޕތުން ސްރީ ލަންކާ އިން ދޭން ނިންމި އެއް މިލިއަން ޑޮލަރު އެ ގައުމާ ހަވާލުކޮށްފި އެވެ.

ފައިސާގެ ރަމްޒީ ލިޔުން ލަންކާގައި ހުންނަވާ މިއަންމާގެ ސަފީރު މަރްލާ ތަން ޓައިކްއާ ހަވާލުކޮށް ދެއްވީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކެގެ ސެކްރެޓަރީ ޑރ. ނަންދިކާ ސަނަތު ކުމަނަޔަކެ އެވެ.

ލަންކާ އިން ދިން އެހީއަށްޓަކައި ސަފީރު ވަނީ އެ ގައުމުގެ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ. މާލީ އެހީގެ އިތުރުން ލަންކާ އިން ވަނީ މި ވަގުތު ބޭނުންވާ ޒަރޫރީ ތަކެތި ވެސް ފޯރުކޮށް ދޭން ނިންމައިފަ އެވެ. އޭގެ ތެރޭގައި ކާބޯތަކެއްޗާއިި ބޭސް ހިމެނެ އެވެ. އަދި މިއަންމާ އިން ސިއްހީ އެހީތެރިން ބޭނުންވާ ހާލަތުގައި ސިއްހީ އެހީތެރިން ވެސް އެ ގައުމަށް ލަންކާ އިން ފޯރުކޮށް ދޭނެ އެވެ.

މިދިޔަ މަހުގެ 28 ގައި މިއަންމާ އަށް ރިކްޓާ މިންގަނޑުން 7.7 ބާރު މިނުގައި އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު 3،000 އަށް ވުރެ ގިނަ އެވެ. އެ ހާދިސާގައި 4،500 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ އިރި، ގެއްލިފައިވާ މީހުންގެ އަދަދު 350 އަށް ވުރެ ގިނަ އެވެ.

އެ ބިންހެލުމުގެ އަސަރު އަވައްޓެރި ތައިލޭންޑަށް ވެސް ކޮށް އެ ގައުމުން 18 މީހަކު މަރުވި އެވެ.