Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

އުރީދޫގެ "ކަރާ ފެޅުން" ގެ މާހިރަކީ ޝާދިޔާ!

ރޯދަ މަހު އުރީދޫން ކުރިއަށް ގެންދިޔަ 'ކަރާ ފެޅުން ޗެލެންޖް" ގެ ގްރޭންޑް ޕްރައިޒް މަރިޔަމް ޝާދިޔާއަށް ލިބިއްޖެ އެވެ.

އެ ކުންފުނީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނޯ ހަވާލުކޮށްފަ އެވެެ.

ޝާދިޔާގެ ފަރާތުން އިނާމުތަކާ ހަވާލުވީ އއޭނަގެ ކޮއްކޮ އައިޝަތު ނުޒްލާ އެވެ. ނުޒްލާ ބުނި ގޮތުގައި ދައްތަ ޝާދިޔާ އަކީ މީގެ ކުރިން މިފަދަ އެއްވެސް ބޮޑު އިނާމެއް މީގެ ލިބިފައި ނެތް މީހެކެވެ އުރީދޫގެ "ކަރާ ފެޅުން ޗެލެންޖް" ކާމިޔާބުވާނެކަމުގެ ޔަގީންކަން އޭނަ އަށް ވަރަށް ބޮޑަށް އޮތް ކަމަށް ބުންޏެވެ.

"ކަރާ ފެޅުމު" ގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ޝާދިޔާއަށް ލިބުނީ އައިފޯން 16 ޕްރޯއަކާއި މެކްބުކް އެއާއަކާއި އެއާޕޮޑްސް 4 އާއި އެޕަލް ވޮޗަކާއި އެޕަލް ޓީވީއަކާއި އެޕަލް ހޯމްޕޮޑަކާއި އެޕަލް އައިޕެޑަކާއި އެޕަލް ޕެންސިލްއެއްގެ އިތުރުން އެއާޕޮޑްސް މެކްސް -65 ޓީވީއެކެވެ.

ޝާދިޔާގެ އާއިލާ އިން ބުނީ އެ އިނާމުތައްގެއާއިލާ މެންބަރުންގެ މެދުގައި ބަހާލަން ނިންމާފައިވާ ކަމަށެވެ.

ޝައުގުވެރި އަދި އުފެއްދުންތެރި މީމްތަކެއް ކަސްޓަމަރުންގެ ފަރާތުން ހުށަހެޅިގެން ދިޔަ އުރީދޫގެ "ކަޅާ ފެޅުން ޗެލެންޖް" ވީ ވަރަށް ކާމިޔާބު ޗެލެންޖަކަށް ކަމަށް އުރީދޫން ބުންޏެވެ.