Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ބަނގުރަލާ އެކު 2 މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގެ ކެފޭއެއް ބަލައި ފާސްކޮށް ބަނގުރަލާއެކު ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އެމްޑީ ރާޖް ރައްޒާކް، 29، އާއި މުހައްމަދު ތަރީގުލް، 25، އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމާއި އިންވެސްޓިގޭޝަން ޓީމް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 1 އިން ކަމަށެވެ. އެގޮތުން އެ މީހުން މަސައްކަތް ކުރަމުން ދިޔަ ޓޭކްއަވޭ ތަނެއް ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިއަކާއި، ނެނޯ ސްޓިކް އަދި ކާޓްރިޖް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، މި ފަހަކަށް އައިސް ހުޅުމާލެ އިން ބަނގުރަލާ އެކު ބިދޭސީން ހައްޔަރުކުރާ މިންވަރުު ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.