Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭގެ މަސައްކަތް ބަލައިފި

ގދ. މަޑަވެލި-ހޯޑެއްދޫ ކޯޒްވޭގެ މަސައްކަތް ކުރިއަށްދާ ގޮތް އެ މަޝްރޫއު ހިންގަމުން އަންނަ އެމްޓީސީސީގެ އިސް ވެރިން ބައްލަވައްލާވައިފި އެވެ.

އެގޮތުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދާއި ޗެއާމަން މުހައްމަދު އަފީފުގެ އިތުރުން ސީނިއާ މުވައްޒަފުންގެ ޓީމަކުން ވަނީ މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަ ބައްލަވާލައްވައިފަ އެވެ. އަކުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.

މަޑަވެލި-ހޯޑެއްދޫ ގުޅައިލާ ކޯޒްވޭ މަޝްރޫއު އިފުތިތާހުކުރީ ސެޕްޓެމްބަރު 13، 2022 ގަ އެވެ. މި މަޝްރޫޢުގެ ދަށުން، 260 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 262 މީޓަރުގެ މަގެއް ހެދުމާއި، މަގު މާކު ކުރުމާއި، ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. ކޯޒްވޭގެ ދިގުމިނަކީ 383 މީޓަރެވެ.

އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުީ މިއީ 84.17 މިލިއަން ރުފިޔާއަށެވެ. މަސައްކަތް ހަވާލުކުރި އިރު، އެއްބަސްވެފައި އޮތީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ

އެ މަސައްކަތް މިހާރު އޮތީ އެއްކޮށް ފުރިހަމަވުމުގެ މަރުހަލާގަ އެވެ.