Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

ތިން މަހު މުދަލު ޒަކާތަށް 34.7 މިިލިއަން ލިބިއްޖެ

މި އަހަރުގެ ފުރަތަމަ ތިން މަހު މުދަލު ޒަކާތަށް 34.7 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މީރާ އިން ބުނެފި އެވެ.

އެ އިދާރާ އިން ބުނީ މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އަދަދަށް ވުރެ 47.6 ޕަސެންޓްގެ އިތުރުވުމެއް ކަމަށެވެ. މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު މުދަލު ޒަކާތަށް ލިބުނީ 23.5 މިލިޔަން ރުފިޔާ އެވެ.

ޒަކާތު ހައުސް އުފައްދައި ޒަކާތަށް ހޭލުންތެރިކަން އުފައްދަން ގިނަ މަސައްކަތްތަކެއް ކުުރަން ފެށި ފަހުން މުދަލު ޒަކާތް ދައްކާ މީހުން ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

އެގޮތުން މިދިޔަ އަހަރަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތަށް ފައިސާ ލިބުނު އަހަރެވެ. އެގޮތުން މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 101.9 މިލިޔަން ރުފިޔާ ލިބުނެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު، 12.9 ޕަސެންޓްގެ އިތުރުވުމެކެވެ. ދެހާސް ތޭވީހުގައި މުދަލު ޒަކާތަށް ލިބުނީ 90.2 މިލިޔަން ރުފިޔާ އެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މުދަލު ޒަކާތަށް ޖުމްލަ 23.5 މިލިއަން ރުފިޔާ ލިބުނެވެ. މިއީ މިދިޔަ އަހަރުގެ މާޗްގައި ލިބުނީ 14.1 މިލިއަނެވެ..

ރާއްޖޭގައި މިހާރު މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 8،800.05ރ. އެވެ.