Last Updated: April 12, 21:53
Saturday, April 12, 2025
ޚަބަރު

ކަސްޓަމަށް މުވައްޒަފުން ހޯދަނީ

ކަސްޓަމްސް އަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.

އެގޮތުން އެސިސްޓަންޓް ކަސްޓަމްސް އޮފިސަރުގެ 13 މަގާމަށް ވަނީ ހުޅުވާލައިފަ އެވެ.

މާލެ ސަރަހައްދުން ހުޅުވައިލި މި ވަޒީފާތަކަށް ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 24 އާ ހަމައަށެވެ.

އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ އަސާސީ މުސާރަ އަކީ މަހަކު 5،000ރ. އެވެ. މީގެ އިތުރުން ނޮން-ޕްރެކްޓިސިން އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 ޕަސެންޓް ނުވަތަ 1,750ރ. އާއި ސާވިސް އެލަވަންސަށް އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200ރ. އާއި ކޮއްތަށް އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 60ރ. އާއި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް މިނިމަމް ވޭޖް އެލަވަންސްގެ އިތުރުން އިތުރު ގަޑީގެ ފައިސާ އާއި ބަންދު ފައިސާއާއި އެހެނިހެން އިނާޔަތްތައް ވެސް ލިބޭނެ އެވެ.

މަގާމުގެ ޝަރުތުތަކަކީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި ދެ މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމެވެ.