Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

'ރަށްވެހީންގެ ސައްލާ' އުކުޅަހުގައި ކުރިއަށް

"ރަށްވެހީންގެ ސައްލާ" ގެ ނަމުގައި މަޝްވަރާ ބައްދަލުވުމެއް އއ. އުކުޅަހުގައި ފަށައިފި އެވެ.

އެ ރަށި ކޮންވެންޝަން ސެންޓަރުގައި ކުރިއަށް ގެންދާ މި ބައްދަކުވުމަކީ ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ލޯކަލް މިނިސްޓްރީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަނަންސާއި، ޔޫކޭ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓާއި އަދި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުމެކެވެ.

"ރަށްވެހިންގެ ސައްލާ" ފައްޓަވައި ދެއްވީ ލޯކަލް މިނިސްޓަރު އާދަމް ޝަރީފެވެ.

މި ސައްލާގައި ކުރިއަށް ގެންދާ މަޝަވަރާ ބައްދަލުވުމުގައި މައިގަނޑު 7 ދާއިރާއަކުން މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ:

1. ޕަބްލިކް ޕާޓިސިޕޭޝަން
2. ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތައް
3. ކައުންސިލްތަކުން ހިންގާ ޙަރަކާތްތަކުގައި މުޖުތަމަޢުގައި އެކަހެރިކުރެވިފައިވާ ފަރާތްތައްބައިވެރިކުރުވުން
4. އިފެކްޓިވް ކޮމިޔުނިކޭޝަން
5. ރައިޓް ޓު އިންފޮމޭޝަން، އޯޕަން ގަވަރމަންޓް
6. ލާމަރުކަޒީ ނިޒާމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން
7. ރައްޔިތުން ބައިވެރިކުރުމަށް ކައުންސިލްތަކަށް މަސައްކަތްކުރެވިދާނެ ގޮތްތައް

މި ބައްދަލުވުމުގައި ކައުންސިލްތަކުގެ ބައެއް ރައީސުންނާއި، މެންބަރުންނާއި އަދި އެސްޖީންނާއެކު ޖުމްލަ 55 ބޭފުޅަކު ބައިވެރިވެ އެވެ.