ސްކޫލްތަކުގެ ފުރާވަރުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށް ގެންދާ "ކޭމްޕް ފުރާވަރު" ތ. ވިލުފުށީ ސްކޫލްގައި ފަށައިފި އެވެ.
މިއީ ސިލްސިލާކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާ މި ކެމްޕްހެ ގެ 106 ވަނަ އެޑިޝަނެވެ. އަދި މި އަހަރުގެ ފުރަތަމަ ކޭމްޕެވެ.
ވިލުފުށީ ސްކޫލުގެ ގްރޭޑް 8-12 އަށް ތައުލީމު ހާސިލުކުރަމުންމ އަންނަ 90 ދަރިވަރުންނާ ކޭމްޕްގައި ބައިވެރިވެ އެވެ. މި ކުރިއަށް ދާނީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށެވެ.
ކޭމްޕް ކުރިއަށް ގެންދަނީ ވިލުފުށީ ފުލުހުންނާއި ސައުތު ސެންޓްރަލްގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން ވިލުފުށީ ސްކޫލާއި، ކައުންސިލާއި، ސިއްހީ މަރުކަޒާއި، ވިލުފުށީ ފެނަކަ އަދި އާރުޑީސީ ގޮފީގެ އިތުރުން ވިލުފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމާ އެކީގަ އެވެ.
"ފުރާވަރު ކޭމްޕަ' އަކީ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓުގެ ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓުން ކުރިއަށް ގެންދާ ކޭންޕެކެވެ.
މި މަހު ފަހުކޮޅު ބ. އޭދަފުށީ ސްކޫލު ދަރިވަރުންނަށް މި ކޭންޕު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ކުޅުދުއްފުއްޓާއި ކ. ގުރައިދު އާއި މާމިގިލި އަދި އައްޑޫ ފޭދޫގައި ވެސް މި އަހަރު "ފުރާވަރު ކޭމްޕް" ކުރިއަށް ގެންދާނެ އެވެ.