Last Updated: April 12, 21:53
Saturday, April 12, 2025
ޚަބަރު

'ސަނާބިލް' ގެ ބިންގާ އަޅައިފި

އިސްލާމީ ޔުނިވަސިޓީ (އައިޔޫއެމް) 'ސަނާބިލް' އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

ހުޅުމާލޭގައި އިމާރާތްކުރާ އެތަނުގެ ބިންގާ އަޅުއްވައި ދެއްވީ ހަވީރު އޮތް ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އާމްދަނީ ހޯދޭނެ ގޮތްތަކަށް ބަލައިގެން އައިޔޫއެމުން ތަރައްގީކުރާ ހަތް ބުރީގެ އިމާރާތަށް އިންވެސްޓުކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްލާމިކުންނެވެ.

މި މަޝްރޫއަކީ އިސްލާމިކް ފައިނޭންސްގެ ޞުކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން ޢިމާރާތެއް އެޅުމަށް ރާއްޖޭގައި ހިންގޭ އެންމެ ފުރަތަމަ މަޝްރޫއު އެވެ. "ސަނާބިލް" ނިންމުމަށް ކަނޑައަޅާފަ އިވަނީ 18 މަސް ދުވަހުންނެވެ

މި އިމާރާތަކީ ސްޓޭޓް-އޮފް-ދި އާޓް ފެސިލިޓީތައް ހިމެނޭ ތަނެކެވެ. އެގޮތުން ޒަމާނީ ވަސީލަތްތައް ހިމައިގެން ތަރައްޤީކުރާ އައިޔޫއެމްގެ ސަނާބިލް އިމާރާތުގައި އޮޑިޓޯރިއަމާއި ހޯލާއި ލެބޯޓްރީތަކާއި ކްލާސްރޫމްތައް އަދި އޮފީސް ޖާގަތައް ހިމެނޭނެ އެވެ.

އެތަން ނިނުމުން ބައިތައް ކުއްޔަށް ދޫކޮށް އައިޔޫއެމްއަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ.

"ސަނާބިލް" ގެ ސަބަބުން ރާއްޖޭގެ އައިޔޫއެމާ އާއި ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި އަދި އިލްމީ އިގުތިޞާދެއް ގާއިމްކުރުމަށް އެހީވެގެންދާނެ ކަމަށް ބުނެފައިވެ އެވެ.