އިތުރު ހަތަރު ރަށެއްގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނީ އެ މި މަހުގެ ތެރޭގައި ހިދުމަތް ފަށަން ނިންމާފައިވާ އެ ރަށްތަކަކީ މ. މުއްޔާއި ށ. ފުނަދު އާއި ށ. މިލަންދޫގެ އިތުރުން ނ.ވެލިދޫގައި ކަމަށެވެ.
މި ސަރުކާރު އައި ފަހުން މިހާތަނަށް 15 ރަށެއްގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް އަންނަނީ ދެމުންނެވެ.
ކުރިން ހަމައެކަނި މާލެއިން އައިޑީ ކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ދެމުން ދިޔަ ނަމަވެސް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ހިދުމަތް ދޭން އަމާޒު ހިފައި، މި އަހަރުގެ ތެރޭގައި މުޅި ރާއްޖެ އަށް އެދެ ހިދުމަތް ފުޅާކުރަން ސަތުކާރުން އޮތީ ނިންމައިފަ އެވެ.