Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

ދާންދޫ އިން 'އޭ' ކެޓަގަރީގެ ލައިސަންސް

ގއ. ދާންދޫގައި އޭ ކެޓަގަރީގެ ލައިސެންސް ދޫކުރުމުގެ ހިދުމަތް ފަށައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ދާންދޫގައި ހެދި ލައިސަންސް ޓްރެކާ އެކު "އޭ" ކެޓަގަރީގެ ޑްރައިވިން ލައިސަންސް ދޫކުރުމުގެ ހިދުމަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް މިހާރު ރާއްޖޭގެ 39 ރަށެއްގެ ކައުންސިލް މެދުވެރިކޮށް ނެގުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

އެގޮތުން އެންމެ ފަހުން ލައިސެންސް ދޫކުރުމުގެ ހުއްދަ ދީފައިވާ ރަށްތަކުގެ ތެރޭގައި ހއ. މޮޅަދޫ، ހއ. އިހަވަންދޫ، ބ. ކެންދޫ، ހއ. ކެލާ، ތ. ވިލުފުށި، ރ. ހުޅުދުއްފާރު، ރ. ދަރަނބޫދޫ، ގދ. ގައްދޫ އަދި މ. ދިއްގަރު ހިމެނެއެވެ. އަދި ވ. އަތޮޅު ކައުންސިލަށް ވެސް ހުއްދަ ދީފައިވެ އެވެ.