Last Updated: April 27, 02:20
Saturday, April 26, 2025
ޚަބަރު

އައްޑޫ ކައުންސިލަރުން އީކްއޭޓަ ވިލެޖަށް

ގަން އެއާޕޯޓް ޑިވެލޮޕްމަންޓްގައި ހިމެނޭ މަގުތައް ހެދުމަށް ހުރސް އެޅިފައިވާ އީކްއެޓާ ވިލެޖްގެ އެކޮމޮޑޭޝަން ބޮލޮކްގެ މައްސަލާގައި އެތަނުގެ އިސް ފާރާތްތަކާ އައްޑޫ ސިޓީ ކައުންސިލުން ބައްދަލުކޮށްފި އެވެ.

އެ ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގަތީ މޭޔަރު އަލީ ނިޒާރާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއުގެ އިތުރުން ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދެވެ.

އީކްއޭޓާގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޖެނެރަލް މެނޭޖަރު މުހައްމަދު ވަހީދެވެ.

އިއްޔެގެ އެ ބައްދަލުވުމާ ގުޅޭ ގޮތުން މޭޔަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ މިހާރު ދިމާވެފައި އޮތް މައްސަލަ އަށް އަވަސް ހައްލެއް ހޯދުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

"އެފަރާތުން ވަނީ މިކަމަށް ދާއިމީ އަވަސް ހައްލެއް ހޯއްދަވައި ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައ. އަދި އިމާރާތް ހުސްކުރުމަށް ވާން ޖެހޭ ތައްޔާރީތަށް ވަމުންދާ ކަމަށް ވަނީ ވިދާޅުވެފައި،" ނިޒާރު ވިދާޅުވި އެވެ. "އަދި މިފުރުސަތުގައި މި މައްސަލަ ހައްލު ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ފުރުސަތު ދިނުމަށާއި އަދި އީކްއޭޓަ ވިލެޖްގެ ވިޔަފާރި އަށް ގެއްލުންވާ ގޮތަށް ކަންކަން ނުކުރުމަށް އިލްތިމާސް ކުރަން."

އޭނަ ވިދާޅުވީ މި ވަގުތު އައްޑޫގައި އިންވެސްޓްކުރަން ވިޔަފާރިތައް ހޯދަން ދަތިކަން ހުރި އިރު ކުރެވިފައިވާ ވިޔަފާރީގެ އިންވެސްޓްމަންޓްތަކަށް ގެއްލުންވާނެހެން އަމަލުތަށް ބެހެއްޓުމަކީ އައްޑޫގެ އިގްތިސާދަށް އިޔާދަ ނުކެރެވޭނެ ގެއްލުން ވެދާނެ ކަމެއް ކަމަށެވެ.

މައްސަލަ ދިމާވެގެން އުޅޭ އެކޮމޮޑޭޝަން ބްލޮކް މި މަހުގެ 16 އަށް ހުސްކުރަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއަައިއޭ) އިން މިހާރު އޮތީ އީކްއޭތަ ވިލެޖް ހިންގާ ކުންފުނި، ގަން އިންވެސްޓު މޯލްޑިވްސް އަށް އަންގައިފަ އެވެ.

ސިޓީގައި ބުނެފައި ވަނީ މުވައްޒަފުން ތިބޭ އެކަމަޑޭޝަން ހުރި ބިމަކީ އޭއައިއޭގެ ބިމެއް ކަމަށެވެ، އަދި އެ ބިމަކީ އީކްއޭޓާގެ ބިމެއް ކަމަށް ދައުވާކުރި ނަމަވެސް ލީޒް އެގްރިމެންޓުގެ ތެރޭގައި ވެސް ހިމެނޭ ބިމެއް ނޫން ކަމަށެވެ.

އޭއައިއޭ އިން ބުނީ 2023 ސެޕްޓެމްބަރުން ފެށިގެން އެކޮމޮޑޭޝަން އިމާރާތް ހުސްކޮށް ދިނުމަށް އެންގި ނަމަވެސް މިހާތަނަށް އެކަމަށް އީކްއޭޓާ އިން އިޖާބަ ދީފައި ނުވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ