ފުލުހުންގެ ހާއްސަ އެކްސަސައިޒެއް މިއަދު ހުޅުމާލޭގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.
މި އޮޕަރޭޝަނަލް ޓްރެއިނިން އެކްސަަަސައިޒް ފޭސް އެކެއްގައި މެންދުރު ފަހު 2:00 އިން ހަވީރު 5:00 އަށެވެ. ފުލުހުން ބުނީ ހުޅުމާލޭގެ މި އެކްސަސައިޒްގައި ސްޕެޝަލް ރެސްޕޮންސް ޓީމްގެ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ދާނެ ކަމަށެވެ.
އެހެންވެ އެކަމަށް ސަމާލުވުމަށާއި ކަންބޮޑުނުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.