Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ދިވެހިން ކުރިއަށް ދާނީ ދިވެހި ބަހަށް އިސްކަން ދެމުން

ދިވެހިންނާއި ރާއްޖެ އަބަދު ވެސް ކުރިއަށް ދާނީ ދިވެހި ބަހަށް އިސްކަން ދީގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދިވެހިގެ ބަހުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ކޮންމެ އަހަރެއް، ދަހަރެއް، ސައްތައެއް، ސާސްކަފެއް ވެސް ދިވެހީން ކަޑައްތުކުރާނީ ދިވެހި ބަހަށް އިސްކަންދެމުން ކަމަށެވެ.

"ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސް. ޒަމާނުގެ ކޮންމެ ފުރޮޅުމަކާއި ކުރިއެރުމަކާއި ފައިހަމަކުރަމުން، ދިވެހިބަސް ދިރެމުން އާލާވަމުން ދިއުމުގެ ފޮނި އުންމީދުތަކާ އެކު ދިވެހިބަހުގެ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރަން." ރައީސް ވިދާޅުވި އެވެ.

ދިވެހި ބަހާއި ގައުމިއްޔަތަށް ވަރަށް ބޮޑު އިސްކަމެއް ދޭން ނިންމާފައިވާތީ މި ސަރުކާރުން ބަހާ ބެހޭ މިނިސްޓްރީއެއް ވެސް އުފައްދާފައިވެ އެެވެ.