ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސް ފޯރުކޮށް ދޭނެ ކުންފުންޏެއް ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނީ ކުރިން މެންބަރުކަންކޮށްފައިވާ މީހުންނާއި މިހާރުގެ މެންބަރުންނާއި އެ މެންބަރުންގެ ބެލުމުގެ ދަށުގައި ހިމެނޭ ފަރާތްތަކަށް ހެލްތު އިންޝުއަރެންސް ފޯރުކޮށް ދޭން ޝައުގުވެރިވާ އެފަދަ ކުންފުނިތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މި ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 60،500ރ. ހުށަހަޅަން ޖެހެ އެވެ. އަދި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 27 އާ ހަމައަށެވެ. ރަޖިސްޓްރީ ވާނީ ކުންފުނީގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ރަޖިސްޠްރޭޝަން ފީ ދެއްކިކަމުގެ ފައިސާ ދެއްކި ރަސީދުގެ ކޮޕީ މި މެއިލް ibrahim.mimshal@finance.gov.mv އަށް ފޮނުވައިގެންނެވެ.
ރަޖިސްޓްރޭޝަން ފީ އަކީ 500ރ. އެވެ.