Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު

އިޒްރޭލު ޕާސްޕޯޓް މަނާކުރުމާ މެދު ގޮތެއް ނިންމަނީ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާތާ ގނަ ދުވަސްތަކެއްވެފައިވާ އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަން ގާނޫނު ހުށެހެލި ބިލާ ގުޅޭގޮތުން އެޓާނީ ޖެނެރަލް މުހައްމަދު އުޝާމްއާ މަޝްވަރާކުރުމަށް ފަހު، އެ ބިލުގެ ކޮމިޓީ މަސައްކަތް މިއަދު ނިންމާނެ ކަން ބުނެފި އެވެ.

ބިލު ދިރާސާކުރަނީ ރައްޔިތުންގެ މަޖިލީހުން ސަލާމަތީ ހިދުމަތްތަކަށް ބެހޭ ކޮމިޓީ (241) ކޮމިޓީންނެވެ.

އެ ކޮމިޓީން މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގެ ބައެއް ބޭއްވީ ސިއްރުކޮށްގެންނެވެ. އަދި އެކަމާ ގުޅޭ ގޮތުން މިއަދު އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށް އިއުލާންކުރީ ކޮމިޓީގެ ރިޔާސަތުގައި އިންނެވި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.

"ދައުލަތުގެ މައްސަލާގަ ކުޑަ ތައާރަޒުވުމެއް އުޅޭތީ އަޅުގަނޑުމެން އިތުރަށް ބަންޑާރަނައިބާ އަޅުގަނޑުމެން މަޝްވަރާކޮށްފައި މެންދުރު ފަހު ދޭއް ޖަހާއިރު ކޮމިޓީ ބާއްވާ ގޮތަށް،: އޭނަ ވިދާޅުވި އެވެ. "އިތުރު ކޮމިޓީއެއް ވާހަކައަކީ ދޭއް ޖަހާއިރު އޮންނާނޭ. އެހެންވީމަ އެ ކޮމިޓީގަ އަޅުގަނޑުމެން މީތި ނިންލާ ގޮތަށް. އިނގޭތޯ. ޕާސްޕޯޓު މިއޮތީ މަނާކުރާ ގޮތަށް."

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. ޕާސްޕޯޓު މަނާ ކުރަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ކެބިނެޓު ބައްދަލުވުމެއްގައި ޖޫން 2، ގަ އެވެ. ސަރުކާރުން އެގޮތަށް ނިންމިއިރު ވެސް މަޖިލީހުގައި މި ބިލު އޮތެވެ.

ބިލާ މެދު ގޮތެއް ނުނިންމައި ލަސްކުރަމުންދާތީ ސަރުކާރަށާއި މަޖިލީހަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.