Last Updated: April 19, 18:47
Saturday, April 19, 2025
ޚަބަރު

ޒަކާތު ފަންޑް ސްކޮލަޝިޕްތަކަށް ހުޅުވާލައިފި

ޒަކާތު ފަންޑުން މަތީ ތަޢުލީމަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ހާސިލްކުރުމަށް ދޭން ނިންމި 50 ސްކޮލަޝިޕަށް ހުޅުވާލައިފި އެވެ.

އެ ސްކޮލަޝިޕްތަކަށް ހުޅުވައިލީ މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި 50 ފުރުސަތުގެ ތެރޭގައި ރާއްޖޭގައި ކިޔަވަން 20 ފުރުސަތު ހުޅުވާލެވުނުއިރު ރާއްޖެއިން ބޭރުން 30 ފުރުސަތަކަށް ވަނީ ހުޅުވާލައިފަ އެވެ. ރާއްޖެއިން ބޭރަށް ހުޅުވާލާފައިވާ 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ޚާއްސަ ސްކޮލަޝިޕްގެ ފުރުސަތެވެ.

ރާއްޖެއިން ފުރުސަތު ހުޅުވާލެވުނީ ރާއްޖޭގެ ޤައުމީ ޔުނިވަސިޓީ އާއި އިސްލާމީ ޔުނިވާސިޓީގެ މާސްޓާސް ކޯސްތަކަކަށެވެ.

ރާއްޖޭގައި ކިޔަވަން ސްކޮލަރޝިޕް ދެވޭ ދާއިރާތައް:

* ​މާސްޓަ އޮފް އާޓްސް އިން ޤުރުއާނިކް ސައިންސެސް: 6 ފުރުސަތު
* ​މާސްޓަ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަޝިޕް އެންޑް އެޑްމިނިސްޓްރޭޝަން: 3 ފުރުސަތު
​* އެގްޒެކެޓިޒް މާސްޓަރސް އިން އިސްލާމިކް ފައިނޭންސް: 5 ފުރުސަތު (MF b NEF)
* ​މާސްޓަރ އޮފް އަރޓްސް އިން ޝަރީއާ: 3 ފުރުސަތު
​* މާސްޓަ އޮފް އަރޓްސް އިން އިސްލާމިކް ސްޓަޑީސް: 3 ފުރުސަތު

ރާއްޖެއި ން ބޭރުން ކިޔެވުމަށް 30 ފުރުސަތު ހުޅުވާލެވިފަ އިވަނީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރބިއްޔާ، މިސްރު އަދި ސާކް ޤައުމުތަކުންނެވެ.

މެލޭޝިއާ އަދި ބުރުނާއީން 17 ފުރުސަތު ހުޅުވާލެވިފައި ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ، ޔުނިވަސިޓީ ސައިންސް އިސްލާމް މެލޭޝިއާ، އިންޓަނޭޝަނަލް ސެންޓަ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އިންނެވެ. އަދި ޔުނިވާސިޓީ ބުރުނާއީ ދާރުއްސަލާމުންނެވެ. މެލޭޝިއާ އަދި ބުރުނާއީން ޑިގްރީގެ ދެ ފުރުސަތު، މާސްޓާސްގެ ހަ ފުރުސަތު އަދި ޕީއެޗްޑީ 9 ފުރުސަތަށް ހުޅުވާލާފައިވެ އެވެ.

މެލޭޝިއާ އަދި ބުރުނާއީގައި ކިޔަވަން ސްކޮލަރޝިޕް ދެވޭ ދާއިރާތައް:

* ​ބެޗެލާސް އިން ހަލާލް އިންޑަސްޓްރީ މެނޭޖްމެންޓް: 2 ފުރުސަތު
​* މާސްޓަ އޮފް އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް/މާސްޓާސް އޮފް ސައިންސް އިން އިސްލާމިކް ފައިނޭންސް: 2 ފުރުސަތު
* ​މާސްޓަ އޮފް އެޑިއުކޭޝަން އިން ޓީޗިންގ އޮފް އިސްލާމިކް އެޑިއުކޭޝަން: 1 ފުރުސަތު
* ​މާސްޓަ އޮފް ޤުރުއާނިކް އެންޑް ސުންނަ ސްޓަޑީސް: 1 ފުރުސަތު
​* މާސްޓަ އޮފް އިސްލާމިކް ސައިންސް – 1 ފުރުސަތު
* ​ޑޮކްޓަ އޮފް ފިލޯސޮފީ އިން ޝަރީޢާ އެންޑް ޖުޑިޝަރީ: 1 ފުރުސަތު
​* ޑޮކްޓަ އޮފް ފިލޯސޮފީ އިން އިސްލާމިކް ސައިންސް: 1 ފުރުސަތު
* ​ޑޮކްޓަ އޮފް ފިލޯސޮފީ ދަޢުވާ އެންޑް އިސްލާމިކް މެނޭޖްމަންޓް: 1 ފުރުސަތު
* ​ޑޮކްޓަ އޮފް ފިލޯސޮފީ އިން ޤުރުއާނިކް އެންޑް ސުންނަ ސްޓަޑީސް: 1 ފުރުސަތު
* ​ޑޮކްޓަ އޮފް ފިލޯސޮފީ އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް: 2 ފުރުސަތު
* ​ޑޮކްޓަ އޮފް ފިލޯސޮފީ އިން ޝަރީއާ އެންޑް ލޯ: 2 ފުރުސަތު

​މާސްޓާސް: އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް: 1 ފުރުސަތު
​ޕީއެޗްޑީ: އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް: 1 ފުރުސަތު

މީގެ އިތުރުން 13 ޚާއްސަ ސްކޮލަޝިޕްގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މި ފުރުސަތުތައް ހުޅުވާލާފައިވަނީ ސާކްގެ ޤައުމުތަކުން، މިޞްރުގެ ޔުނިވާސިޓީ ތެރެއިން އަލް-އަޒްހަރު ޔުނިވާރސިޓީ އަދި ސަޢުދީ ޢަރަބިއްޔާގެ މަދީނާ ޔުނިވަސިޓީ، ޤަސީމް ޔުނިވަރސިޓީ، އުއްމުލްޤުރާ ޔުނިވަރސިޓީ، އަބްހާ ޔުނިވަސިޓީ، ކިންގް އަބްދުލްޢަޒީޒް ޔުނިވަސިޓީންނެވެ.

ޝަރީއާ، އަލްޤަޟާ، ތަފްސީރު، ހަދީޘް، އުލޫމުލް ޤުރުއާން، ޢަރަބި، އުސޫލުއްދީން، އިސްލާމީ މާއްދާތައް ހިމެނޭހެން ކިޔަވާ އެހެނިހެން ދާއިރާތަކުން ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް، އެ ދަރިވަރަކު ތަޢުލީމު ޙާޞިލްކުރަމުންދާ މަރުކަޒުންދޭ ޚަރަދުތައް ފިޔަވައި އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް (ސްޓައިޕްންޑް) 10 ފުރުސަތު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ސުޕަރ ސްޕެޝަލައިޒޭޝަންގެ ޔޫރޮލޮޖީ/ޔޫރޮލޮޖިކަލް ސާޖަރީ، ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީ ކޮންމެ ދާއިރާއަކުން ފުރުސަތަކަށް ވަނީ ހުޅުވާލައިފަ އެވެ.