Last Updated: April 15, 18:01
Tuesday, April 15, 2025
ޚަބަރު

ޕިކްނިކް އައިލޭންޑް 'އުއްދޫ' މާދަމާ ހުޅުވާލަނީ

ދ. އަތޮޅު މީހުން ޕިކްނިކް ދާން ހާއްސަ ކުރި ރަށް ކަމަށްވާ އެ އަތޮޅު އުއްދޫ މާދަމާއިން ފެށިގެން ހުޅުވައިލަން ނިންމައިފި އެވެ.

މިކަމާ ގުޅޭ ގޮތުން ލޯކަލް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ މާދަމާ އިން ފެށިގެން ހަފުތާ ބަންދު ދުވަސްތަކާއި، ސަރުކާރު ބަންދު ދުވަސްތަކުގައި ދ. އަތޮޅުގެ ރައްޔިތުންނަށް ކުއްޔަކާ ނުލައި އުއްދު އަށް ޕިކްްނިކް ދެވޭނެ ކަމަށެވެ.

އުއްދޫގެ ޕިކްނިކު ދަތުރުގެ ކަންތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދަން ގުޅާނީ 9108899، 7777848 އަށެވެ..

އުއްދޫ ބެލެހެއްޓުމަށްޓަކައި މިނިސްޓްރީގެ ޓީމެއް އެ ރަށުގައި ޙަރަކާތްރިވާނެ އެވެ. އަދި ދަތުރުދާ ފަރާތްތަކަށް ގިނަގުނަ ޚިދުމަތްތަކެއް އެ ރަށުން ހަމަޖެހޭނެ ގޮތް ހަދާފައިވެ އެވެ.

ކުރިން އެގްރިކަލްޗަ މިނިސްޓްރީގެ ދަށުގައި އޮތް އުއްދޫ ދަތުރުދާ ރަށެއްގެ ގޮތުގައި ހަމަޖައްސަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ފެބްރުއަރީ މަހު ދ. އަތޮޅަށް ކުރެއްވި ދަތުރުގައި މީދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރެ އެވެ.

އުއްދޫ ބެލެހެއްޓުމަށް ޑެޕިއުޓީ މިނިސްޓަރަކު ވެސް އައްޔަންކޮށްފައިވެ އެވެ. އެއީ މީދޫ އާދަމް ނަސީރެވެ