ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކަށް ހުޅުވާލައިފި އެވެ.
އެ ފުރުސަތު ހާއްސަކޮށްފައި ވަނީ އުމުރުން 18-35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
އެޗްޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ގާބިލު ޒުވާނުން އުފެއްދުމާއި، ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުމެވެ.
އެހެންވެ މި އަހަރުގެ އެޕްރެންޓިސްގައި ބައިވެރިވާން ޝައުގުވެރިވާ ޒުވާނުންނަށް އެޕްލައި ކުރުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ 22 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ޖުމްލަ 25 ބައިވެރިންނަށް ފުރުސަތު ދޭން ހަމަޖެހިފައިވާ އިރު، ހަ މަސް ދުވަހަށް ކުރިއަށް ގެންދާ ޕްރޮގްރާމްގައި ކޮންމެ ބައިވެރިޔަކަށް މަހަކު 6،000ރ. ގެ އެލަވަންސެއް ލިބޭނެ އެވެ.
މި އަހަރުގެ ތަމްރީނު ޕްރޮގްރާމްގައި ހިމެނެނީ ހަތަރު ދާއިރާއެކެވެ. އެއީ އެއްގަމު އުޅަނދުފަހަރުގެ މަރާމާތާއި ކަނޑު އުޅަނދުފަހަރުގެ އިންޖީނު މަރާމާތާއިރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަނިންގ މެކޭނިކް އެވެ.
ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިވެރިންނަށް އެ ދާއިރާތަކުން ލެވެލް ތިނެއްގެ ސެޓްފިކެޓް ހާސިލުކު ރެވޭނެ އެވެ.
އެޗްޑީސީގެ އެޕްރެންޓިސް ޕްރޮގްރާމް ހިންގަމުން އަންނަނީ 2016 އިން ފެށިގެންނެވެ.