މިދިޔަ މަހުގެ ފަހުކޮޅު އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ ވެސް މަރުވެއްޖެ އެވެ.
ރަސްދޫ، ބްލޫ ޝޭޑް، އަލީ ސާމިން، 31، ރޭ މަރުވީ މިދިޔި ހަފުތާގެ ތެރޭގައި އިންޑިއާ އަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އޭނަގެ އަންހެނުން ރަސްދޫ. އަންބަރީގޭ، އައިޝަތު ރިފްގާ، ވެސް ފިހުނެވެ. ދެމަފިރިން ވަރަށް ބޮޑަށް ފިހިގެން މިދިޔަ މަހުގެ 25 ވަނަ ދުވަހު މާލެ ގެންގޮސް އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް އަންހެން ރިފްގާ މަރުވީ މިދިޔަ މަހުގެ 31 ގަ އެވެ.
ސާމީ އަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް އިންޑިއާއަށް ގެންދިޔައީ މި މަހުގެ 6 ގަ އެވެ.
ފިހުނު ދެމަފދިރިން ވެސް މަރުވި އިރު، އެ މީހުންގެ ފަސް އަހަރުގެ ކުއްޖަކު ހުރެ އެވެ.