ރާއްޖޭގައި ވެސް މިހާރު ވަރަށް ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ މަޝްހޫރު ސޯޝަޕް ޕްލެޓްފޯމް، ޓިކްޓޮކްގެ އިސްވެރިންތަެއް ރާއްޖެ އަތުވެއްޖެ އެވެ.
ޓިކްޓޮކް ކުރާ ކޮންޓެންޓް ކްރިއޭޓަރުންނަށް އެ ޕްލެޓްފޯމް މެދުވެރިކޮށް އާމްދަނީ ހޯދޭނެ ގޮތަކާ މެދު ޓިކްޓޮކްގެ ޓީމާ އެކު މަޝްވަރާތަކެއް ކޮށްފައިވާ ކަމަަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެގޮތުން ޓިކްޓޮކް ބޭނުން ކުރާ މީހުންނަށް ފައިސާ ހޯދޭނެ ގޮތެއް ނުވަތަ އެ ޕްލެޓްފޯމް މަނެޓައިޒް ކުރެވޭނެ ގޮތަކާމެދު އިއްޔެ ފުޅާކޮށް މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކްރިއޭޓަރުން ޓިކްޓޮކުން އާމްދަނީ ހޯދުމަށްޓަކައި ކްރިއޭޓާ މާކެޓްޕްލޭސް އެކައުންޓެއް ހުޅުވަންޖެހެ އެވެ. އެ އެކައުންޓެއް ހުޅުވޭނީ މަދުވެގެން 10،000 ފޮލޯވަރުން ލިބިފައިވުމާއި އެމީހެއްގެ ވީޑިއޯތަކަށް ފާއިތުވި މަސް ދުވަހުގެ ތެރޭގައި 100،000 އަށް ވުރެ ގިނަ ވިއުސް ލިބިފައިވާ ނަމަ އެވެ. އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ވެސް ހުރެ އެވެ.
ޓިކްޓޮކް ބޭނުން ކުރާ މީހުންނަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ފަހިކުރަން މި ސަރުކާރުން މަސައްކަތްކޮށް ދޭނެ ކަމަށް ބުނެފައިވާތީ އެ ބޭނުންކުރާ ވަރަށް ގިނަ ބަޔަކު ތިބީ އެކަން ފަހިވާނެ ވަގުތެއްގެ އިންތިޒާރުގަ އެވެ.
ޓިކްޓޮކަކީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސުން ހިންގާ އެއްޗެކެވެ.