މާލޭ ސަރަޙައްދުގައި ވަފްފު އިމާރާތްތައް އަޅަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްލާމިކް އިން 350 މިލިއަން ރުފިޔާގެ ލޯން ދިނުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ ވަޤުފު ފަންޑު ތަރައްޤީކުރުމަށް އިސްލާމިމް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މި ސަރުކާރުން ވަނީ ހުޅުމާލެ އާއި މާލޭގައިި ވަގްފް އިމާރާތްތަކެއް އަޅަން ނިންމައިފަ އެވެ. އެއީ މާލޭގައި އަޅަން ނިންމާފައުވާ "ދާރުލް އަރުޤަމް" އާއި ހުޅުމާލޭގައި އަޅަން ނިންމާފައިވާ "ދާރުއްސަލާމް" އެވެ.
މި މަޝްރޫއުތަށް ކުރިއަށް ގެންދިއުމަށް ބީއެމްއެލް އިސްލާމިކް އިން 350 މިލިޔަން ރުފިޔާގެ އިސްލާމިކް ލޯން ދިނުމަށް ނިންމާފައިވާ އިރު، ވަގްފް ފަންޑުގެ އިންވެސްޓްމަންޓްތަކުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށާއި މަޝްރޫޢުތައް ނިމުމުން އިސްލާމީ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ވަގްފް އިމާރާތްތައް އެޅުމަކީ އިސްލާމިކް މިނިސްތްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު މަޝްރޫއުއެވެ.