Last Updated: April 18, 06:35
Friday, April 18, 2025
ޚަބަރު

އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލް ތަސްދީގުކޮށްފި

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލަންދެން އެ ގައުމުގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެ ނުނެވޭ ގޮތަށް އިމިގްރޭޝަންގެ ޤާނޫނަސށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލް ތަސްދީގު ކުރައްވައިފި އެވެ.

ބިލް މިއަދު ފާސްކުރީ މަޖިލީހުގެ މިއަދު ޖަލްސާގައި ހާޒިރުވެވަޑައިގެން ތިއްބެވި 83 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބިލުގެ ބޭނުމަކީ އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމެވެ.

ސަރުކާރުން އަން ނަ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އިރުމަތީ ޤުދުސް ހިމެނޭ ގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމު ކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސް ކުރިން ވެސް ތަކުރާރުކޮށް ގޮވާލައްވާފައިވެ އެވެ.