ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް ޑޭޓާ އަޕްޑޭޓް ކުރުމަށް ފަށާފައި އޮތް "ކުރަނގި" އޮޕަރޭޝަންގެ ތެރެއިން ޑޭޓާ އަޕްޑޭޓްކުރަން ދިން މުއްދަތު އިތުރުކޮށްފި އެވެ.
ހޯމްލޭންޑް މިނިސްޓްރީން ބުނީ ކުރިން ދިން މުއްދަތު މިއަދަށް ހަމަވާ ގޮތަށް އޮތް ނަމަވެސް އެ މުއްދަތު މިހާރު މި މަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. އެހެންވެ އެ މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއް ނެތި ބަޔޯމެޓްރިކްސް އަޕްޑޭޓްނުކުރާ ވަޒީފާ ދޭ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑުކޮށް ހިދުމަތް މެދުކަނޑާލާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ބިދޭސީ މުފައްޒަފުން ޑީޕޯޓް ކުރަން ވެސް އޮތީ ނިންމައިފަ އެވެ.
ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް އެންސީއައިޓީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓާ ނުވަތަ އެ ބިދޭސީ މުވައްޒަފަކު ވަޒީފާއަދާކުރާ ސައިޓަކާއި އެންމެ ކައިރީގައިވާ ކައުންސިލް އިދާރާއަކާއި ގުޅިގެން ކުރިއަށް ގެންދެވޭނެ އެވެ.
"ކުރަނގި" އާ ގުޅޭ އިތުރު މައުލޫމާތު މި ނަމްބަރަށް 7690228 ގުޅައިގެން ނުވަތަ މި opertion.kurngi@mohst.gov.mv މެއިލް މެދުވެރިކޮށް ހޯދޭނެ އެވެ.
މި އޮޕަރޭޝަން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.