Last Updated: April 16, 13:56
Wednesday, April 16, 2025
ރިޕޯޓް

ސައުދީގެ ޕްރިންސަސް ނޫރާ ޔުނިވަސިޓީ

ސައުދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ އަންހެނުންނަށް ޚާއްސަ ޔުނިވަސިޓީއެކެވެ. މިއީ ދުނިޔޭގައި ހުރި އަންހެނުންނަށް ޚާއްސަ އެންމެ ބޮޑު ޔުނިވަސިޓީ އެވެ. އަދި ސަޢޫދީގައި ގައި ހުންނަ އެންމެ ބޮޑު ޔުނިވަސިޓީ ވެސް މެ އެވެ.

މި ޔުނިވަސިޓީއިން ޑިޕްލޮމާ، ބެޗްލާސް އަދި ޕޯސްޓް ގްރެޖުއޭޓް ޑިގްރީ ކޯސްތައް ހިންގަ އެވެ. ރިޔާޟްއާ ކައިރި އެހެނިހެން ސިޓީތަކުގައި ހުންނަ ޔުނިވަސިޓީގެ 34 ކޮލެޖެއްގައި ވަރަށް ގިނަ އަދަދެއްފެ ދަރިވަރުން ކިޔަވަމުން ދެއެވެ. މި ޔުނިވަސިޓީން އަންޑަ ގްރެޖުއޭޓް ދަރިވަރުން ކިޔެވުމަށް ތައްޔާރު ކުރުވުމުގެ ގޮތުން އެއްއަހަރުގެ ޕްރޮގްރާމެއް ހިންގަ އެވެ.

ޔުނިވަސިޓީން ހިންގާ ޑީންޝިޕް އޮފް ކޮމިއުނިޓީ ސާވިސް އެންޑް ކޮންޓީނިއަސް އެޑިއުކޭޝަން ޕްރޮގްރާމްތަކުގެ އިތުރުން ޢަރަބި ބަސް ނޭނގޭ ދަރިވަރުންނަށް އުނގަންނައި ދިނުމަށް ޢަރަބި ބަސް ކިޔަވައިދޭ އިންސްޓިޓިއުޓަކާއި، ކޮމިއުނިޓީ ކޮލެޖެއްގެ ޚިދުމަތް ވެސް ދަރިވަރުންނަށް ލިބެއެވެ. މި ޔުނިވަސިޓީގައި 5،000 އަށް ވުރެ ގިނަ އެކަޑެމިކް އަދި އިދާރީ މުވައްޒަފުން ވަޒީފާ އަދާކުރެ އެވެ.

ނޫރާ ޔުނިވަސިޓީ، އެ ކަނބަލަކަށް ނިސްބަތްވާ ނޫރާ އަކީ ހިޖާޒުކަރަ އާއި ނަޖުދުކަރައިގެ ސަހަރުތަކާއި އަވަށްތައް ފަތަޙަ ކުރައްވަމުން ގޮސް ސަޢުދީ ދައުލަތެއްގެ ގޮތުގައި އެކުލަވާލެއްވި މުއައްސިސް ކިންގް ޢަބްދުލް ޢަޒީޒުގެ އެއްބަނޑު އެއްބަފާ އުޚުތެކެވެ.

ތިރީގައި މި ގެނެސްދެނީ ނޫރާގެ ބައެއް މަޢުލޫމާތެވެ.

ނޫރާ: ސަޢުދީ ޢަރަބިއްޔާގެ އެންމެ ފުރަތަމަ މަހާރެހެންދި

ފުރިހަމަ ނަން: نورة بنت عبد الرحمن بن فيصل آل سعود
އުފަންވެ ވަޑައިގަތީ: 1875
އަވަހާރަވެ ވަޑައިގަތީ: 1950

ފިރިކަލުން: سعود الكبير بن عبد العزيز بن سعود آل سعود‎

ޚާއްސަ ސިފަތައް:

– ޢިލްމުވެރިކަން
– ތޫނުފިލިކަން
– ހިތްވަރުގަދަކަން
– ތަޤްވާވެރިކަން
– އޯގާތެރިކަން

މަސްއޫލިއްޔަތުތައް:

– ޤައުމަށް ޒިޔާރަތްކުރައްވާ ޢިއްޒަތްތެރިންގެ އަނބިއަނބި ކަނބަލުންނަށް މެހެމާންދާރީ އަދާކުރެއްވުން
– ރަސްގެފާނުގެ ޕާސަނަލް ސެކްރެޓަރީ ގެ މަސްއޫލިއްޔަތުތައް
– ގަނޑުވަރުތެރޭގެ އެންމެހާ ކަންކަން ވިލަރެސް ކުރެއްވުން
– ޢާއްމުންގެ ޙާލަތު ބެއްލެވުން

މަސްދަރު: އިލްމު.އެމްވީ