Last Updated: April 15, 18:01
Tuesday, April 15, 2025
ޚަބަރު

ޓޫރިސްޓުންގެ އަދަދު 700،000 އަށް

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 700،000 އަށް އަރައިފި އެވެ.

ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 13 އާ ހަމައަށް ޖުމްލަ 723،376 ޓޫރިސްޓުން އައިސްފައިވެ ވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައީ 682،264 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާ އިރު 6 ޕަސެންޓްގެ އިތުރުވުމެކެވެ.

މި މަހުގެ މިހާތަނަށް 90،958 ޓޫރިސްޓުން ޒިޔާރާތްކޮށްފައިވާ އިރު، އެވެ، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައީ 78،260 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަސް ގައުމަކީ ޗައިނާ (80،190 ޓޫރިސްޓުން)، އިނގިރޭސިވިލާތް (79،128 ޓޫރިސްޓުން)، ރަޝިއާ (75،402 ޓޫރިސްޓުން)، އިޓަލީ (63،177 ޓޫރިސްޓުން) އަދި ޖަރުމަން (54،275 ޓޫރިސްޓުން) އެވެ.

މިދިޔަ އަހަރު ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން އައިސްފައިވާ އިރު، މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.