ފުލުހުންގެ ސްޕެޝަލް ކޮންސްޓަބުލަރީ ހަ ވަނަ އަސާސީ ތަމްރީނު ކޯސް އައްޑޫގައި ފަށައިފި އެވެ.
އައްޑޫ ޕޮލިސް ކޮލެޖްގައި ކުރިއަށް ގެންދާ މި މި ކޯހަކީ ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންނަށް ބޭނުންވާ އަސާސީ ތަމްރީނާއި ހުނަރުތައް ދަސްކޮށް ދިނުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ. ކޯހުގައި، ފިޒިކަލް ޓްރެއިނިން، ޑްރިލް، ބާރުގެ ބޭނުންކުރުމާއި ދިފާއީ އުކުޅުތައް ދަސްކޮށް ދޭނެ އެވެ.
މީގެ އިތުރުން ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރި ކުރުވުމަށް މައުލޫމާތު ދިނުމުގެ އިތުރުން މުއާމަލާތުކުރުމުގެ ހުނަރުތަކާއި ފުލުހުންގެ ސަލާމަތީ ހުނަރުތައް ވެސްކޯހުގެ ތެރެއިން ދަސްކޮށް ދޭނެ އެވެ.
ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހުގައި ސްޕެޝަލް ކޮންސްޓަބުލަރީ 27 ފުލުހަކު ބައިވެރިވެ އެވެ.