Last Updated: April 18, 20:01
Saturday, April 19, 2025
ޚަބަރު

ސީއެސްސީ އަށް މުޖުތާޒް އައްޔަން ކުރަން ފާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުކަމުގެ މަގާމަށް މުހައްމަދު މުޖުތާޒު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ ކޮމިޝަންގެ މެންބަރުކަމަށް އޭނަ އައްޔަން ކުރަން ފެނޭތޯ ބެލުމަށްގެ ނަން މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ މިދިޔަ މަހުގެ 7 ގަ އެވެ. އަދި އެ ދުވަހިގެ ޖަލްސާގައި އެ ނަން ދިރާސާ ކުރަން މިނިވަން މުއައްސަސަތަކާ ބެހޭ ކޮމިޓީ އަށް ފޮނުވި އެވެ

މުޖުތާޒް އައްޔަން ކުރަން ފެންނަ ކަމަށް މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ އިއްތިފާގުންނެވެ. އޭނައާ އިންޓަވިއު ކުރުމަށްފަހު ކޮމިޓީން އޭނަ އަށް 88.11 ޕަސެންޠް މާކްސް ދިނެވެ.

ސީއެސްސީގެ މެންބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސަކަށް ކުރިން ހުންނެވި އިބްރާހިމް ރަޝީދު މިދިޔަ މަހު 11، ގައި އިސްތިއުފާ ދެއްވުމުންނެވެ. އޭނަ އިސްތިއުފާ ދެއްވީ މަގާމުން ވަކި ކުރުމުގެ މަރުހަލާ ފަށަން ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމުމުންނެވެ.