ކުޑަކުއްޖަކާ ބެހުނު މީހަކު 34 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެ ހުކުމް އިއްވާފައި ވަނީ އަހުމަދު ރަޝްވާން އިސްމާއީލް ރަޝީދު ކިޔާ މީހެއްގެ މައްޗަށްވެ.
އޭނަގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލިއެވެ. އެއީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ އާއި ކުޑަކުއްޖެއްގެ މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާ އެވެ. އެގޮތުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާގެ ކުށް ސާބިތުވެ، ކުށުގެ ޢުޤޫބާތެއްގެ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން 20 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި އެވެ.
އަދި، ކުޑަކުއްޖެއްގެ މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާ ސާބިތުގެ 14 އަހަރުގެ ޖަލު ހުކުމެއް ރަޝްވާނަށް އިއްވި އެވެ.
އެ ދެ މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، ދެ މައްސަލައިގެ ޝަރީއަތް ވެސް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ.