Last Updated: April 19, 06:16
Saturday, April 19, 2025
ޚަބަރު

ހުޅުމާލޭގައި ވަގުތީ ޖަލެއް އަޅަނީ

ހުޅުމާލޭގައި ވަގުތީ ޖަލެއް އަޅަން ބިމެއް ޖަމަޖައްސައިފި އެވެ.

އެ ބިން ހަމަޖައްސާފައި ވަނީ ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ހުސް ބިމުންނެވެ.

ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ، ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ބިމާ މެދު ގޮތެއް ނިންމުމަށް މާލެ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ) އާއި ކަރެކްޝަންސާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެ މަޝްވަރާތަކަށް ފަހު ވަގުތީ ގޮތުން ޖަލެއް އެޅުމަށް އެތަން ކަރެކްޝަންސަށް ދޫކުރުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި ވަގުތީ ޖަލެއް އަޅަން ނިންމީ އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ސެންޓްރަލް ޖަލުގެ މަސައްކަތް ނިންމަން ގާތްގަނޑަކަށް ތިން އަހަރުވަރު ނަގާނެތީ ކަމަށެވެ.

އިހްސާން ވިދާޅުވީ އަލަށް ހަދާ ވަގުތީ ޖަލު ވާނީ ޕްރީ-ފެބްރިކޭޓްކޮށް ހަދާ ތަނެއްކަމަށެވެ. އަދި އެތަން 8 މަސްތެރޭގައި ނިންމައިލެވޭނެ ކަމަށެވެ.