ހދ. މަކުނުދޫގައި 8 މަހުގެ ކުއްޖަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.
އިއްޔެ ހެނދުނު މި ހާދިސާ ހިނގާފައިވަނީ އެ ކުއްޖާގެ ގަޔަށް ހޫނު ފެންޖަގެއް އެޅިގެންނެވެ. އިތުރު ފަރުވާއަށް އެ ކުއްޖާ މިހާރު ވަނީ މާލެ ގެނެސްފަ އެވެ.
އާއިލާއިން ވަނީ އެ ކުއްޖާ ފިހިގެން މަކުނުދޫ ހެލްތު ސެންޓަރަށް ގެންދިޔުމުން އަމަލުކުރި ގޮތާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން ހާލަތަށް ވެސް ބެލުމެއް ނެތި އަދި ޑޮކްޓަރެއް ވެސް ނެތީސް ފިހުނު ތަންތަން ބެންޑޭޖު ކޮށްފައިވާ ކަމަށް އާއިލާއިން ބުނެ އެވެ.
މީގެއިތުރުން އެ ކުއްޖާ މާލެ ގެންނަން އާސަންދަ ވެސް ހަމަނުޖެހުނު ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.