Last Updated: April 19, 09:17
Saturday, April 19, 2025
ޚަބަރު

މަސައްކަތްތެރިކަމުގެ ޕްރޮގްރާމެއް ލޯންޗްކޮށްފި

މަސައްކްތެރިކަން ދަސްކޮށް ދިނުމަށް ކުރިއަށް ގެންދަން ނިންމާފައިވާ ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބަ ސާވިސަސް (ސެއިލްސް) ގެ އަޕްސްކްލިން ޕްރޮގްރާމް ލޯންޗްކޮށްފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ މަގުޞަދަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތަކާއި ގުޅިގެން މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް އާމްދަނީ ހޯދުމަށް ބޭނުންވާނެ ފަންނީ ތަމްރީނާއި ހުނަރުވެރިކަން ދަސްކުރުމުގެ މަގުފަހިކޮށް ދިނުމެވެ.

އަޕްސްކްލިންގ ޕްރޮގްރާމުތަކުގެ އެއް އަމާޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތަގެ ތެރޭގައި ހިމެނޭ "ދިވެހިންނަށް ޚާއްޞަ އަދި ދިވެހީންނަށް އިސްކަންދޭ ވަޒީފާގެ ބާޒާރެއް ޤާއިމުކުރުމަށް" ކަނޑައަޅާފައިވާ ސިޔާސަތުގެ ތެރެއިން ޒުވާން ޤާބިލު ލޭބާ ފޯސްއެއް ތައްޔާރުކުރުމެވެ.

މިއީ ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގެ އިގުތިޞާދުގެ މައިތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހި މުވައްޒަފުންނަށް ބޭރު ބަސްބަސް ދަސްކުރުމުގެ ފުރުޞަތު ފަހިކޮށް ދިނުމުގެ ގޮތުން މެންޑަރިން، ފްރެންޗް، ސްޕެނިޝް އަދި ރަޝިޔަން ފަދަ ބަސްބަހުން މުޢާމަލާތް ކުރުމުގެ ހުނަރު ދަސްކޮށްކުރުމުގެ ފުރުސަތު މި ޕްރޮގްރާމުގެ ތެރެއިން ފަހިވެގެންދާ ނެ އެވެ. އަދި ދެމެހެއްޓެނިވި އަދި އިއާދަކުރުވަނި ހަކަތައިގެ ވަސީލަތްތަކަށް ބަދަލުކުރުމަށް ސަކުރާކުރުން ފަށައިފައިވާ މަސައްކަތަށް ބޭނުންވާނެ ހުނަރުވެރިން ތަމްރީންކުރުމަށާއި އަދި ގްރީން ވާރކް ފޯސްއެއް ބިނާކުރުމަށް ހާއްސަ ތަމްރީނުތަކެއް މި ޕްރޮގްތާމުގައި ހިމެނިފައިވާނެ އެވެ.

މި މަހު ފެށުމަށް ހަމަޖެހިފައިވާ ތަމްރީންތަކަކީ؛

* ސެޓްފިކެޓް 3 އިން މެރިން މެކޭނިކް
* ސެޓްފިކެޓް 3 އިން ރިނިއުބަލް އެނަޖީ ސިސްޓަމްސް އެންޑް މެއިންޓަނަންސް
* ސެޓްފިކެޓް 3 އިން ގެސްޓްހައުސް މެނޭޖުމަންޓް
* ސެޓްފިކެޓް 3 އިން ސްނޯކްލިން ގައިޑް
* ބޭސިކް ޗައިނީސް ލެންގްއޭޖް (ޓޫރިޒަމް)
* ސެޓްފިކެޓް 3 އަކުއަރޓިކް ރިކްރިއޭޝަން
* ސެޓްފިކެޓް 3 މޭކަޕް އެންޑް ބިއުޓީކެއާ

މި ތަމްރީންތައް މާލެ އާއި އަތޮޅުތެރޭގައި ވެސް ހިންގާނެ އެވެ. އަދި ޕްރޮގްރާމް ކުރިއަށް ގެންދާނީ ވިލާ ކޮލެޖާއި މޯލްޑިވްސް އިންސްޓިޓިއުޓް ޓެކްނޮލޮޖީ (އެމްއައިޓީ) އާ ގުޅިގެންނެވެ.