އިންޑިއާ އިމް ރާއްޖެ އަށް މުދާ އުފުލާ ބޯޓަކަށް "އޯލްމައިޓީ ގޯޑް" ކިޔާތީ ރާއްޖޭގެ ދީނީ އިލްމުވެރިޔަކު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
އިންޑިއާގެ ޓްޓިކޮރިން އާއި މާލެއާ ދެމެދު މުދާ އުފުލާ އެ ބޯޓްގެ ފޮޓޯއަކާ އެކު ޝެއިހު އާދަމް ނިޝާން ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެ ބޯޓަށް ކިޔާ ނަމަކީ ރާއްޖެ އިން އަޅާނުލައި ދޫކޮށްލާ ވަރަށް ވުރެ ބޮޑު މައްސަލައެެއް ކަމަށެވެ.
"އިންޑިއާއިން މުދާ ހިފައިގެން ރާއްޖެ އަންނަ މި ބޯޓަށް، މި ނަން ކިޔާހާ ހިނދަކު ރާއްޖެ އަށް ވަނުމުގެ ހުއްދަދެވިގެން ނުވާނެ." އޭނަ ވިދާޅުވި އެވެ.
ބޯޓަށް ކިޔަނީ "Almighty God" އެވެ. އޭނަ މާނަ އަކީ "ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހު" ކަން ޝެއިހް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން މުސްލިމުންގެ ޙައިސިއްޔަތުން މިއީ ކަނޑައެޅިގެން ހުއްޓުވައި, ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭ ކަމެއް." އޭނަ ވިދާޅުވި އެވެ.