Last Updated: April 19, 09:17
Saturday, April 19, 2025
ޚަބަރު

ޤުރުއާން ހިިދުތަސްކުރުމުގެ މަޝްރޫއު 9 ރަށެއްގައި

ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު ފަށަން ނިންމާފައިވާ ރަށްތައް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ހިއްސާ ކުރައްވައިފި އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރު މިއަދު ވިދާޅުވީ އަތޮޅުތަކުގައި އިސްލާމީ މަރުކަޒު ޤާއިމުވެފައިވާ ތަންތަނާއި، މަރުކަޒުތައް ޤާއިމުކުރެވެމުން އަންނަ ތަންތަނާއި ބޮޑެތި އާބާދީތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން އަންނަ މަހުގެ ތެރޭގައި ބައެއް ރަށްރަށުގައި އެ މަޝްރޫއު ފެށޭނެ ކަމަށް ވިދާޅުވި އެވެ.

ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވާ ރަށްތަކަކީ ހއ. ދިއްދޫ، ބ. އޭދަފުށި، ދ. ކުޑަހުވަދޫ، އއ. ފެރިދޫ، ރ. އުނގުފާރު، ހދ. ކުޅުދުއްފުށި، ގދ ތިނަދޫ، އައްޑޫ ހިތަދޫ އަދި ލ. ގަމެވެ.

މީގެ ތެރެއިން އުނގޫފާރާއި ތިނަދު އަކީ އިސްލާމީ މަރުކަޒު ގާއިމުކޮށްފައިވާ ދެ ރަށެވެ. އަދި ދިއްދު އާއި ހިތަދު އަކީ އިސްލާމީ މަރުކަޒު ގާއިމު ކުރަމުން އަންނަ ދެ ރަށެވެ.

މިނިސްޓަރު ވިދާޅުވީ ޤުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްތަކާއި، ޤުރުއާން މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްތަކާއި ޤުރުއާން އަލަށް ޤުރުއާން ކިޔަވައި ދިނުމާއި މަރުކަޒްގެ ޤާރީ ކޯސްތައް ވެސް އަންނަ މަހުގެ ތެރޭގައި ބައެއް ރަށްރަށުގައި ފަށާނެ ކަމަށެވެ.

ކީރިތީ ޤުރުއާނާ ބެހޭ މަރުކަޒުން މުސާރަ ދޭ ގޮތައް މަރުކަޒުގެ ގޮފިތަކުގައި ޓީޗަރު ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ކްލާސްތައް ފަށަން ހަމަޖެހިފައިވާ ރަށްތަކަކީ ރ. މަޑުއްވަރީ، ނ. ވެލިދޫ، ތ. ކިނބިދޫ، ތ. ގުރައިދޫ. ގދ. ގައްދޫ ލ. އިސްދޫ ކަލައިދޫ، ހއ. އުތީމު، އަދި ދ. މީދު އެވެ.

"މިތަންތަނުގައި ޤުރުއާން މަރުކަޒުގެ ގޮފިތަކަށް، ޤުރުއާން މަރުކަޒުން ޤުރުއާން ޓީޗަރު އަންނަ މަހުން ފެށިގެން ހަމަޖެހިގެން ދާނެ." ޝަހީމު ވިދާޅުވި އެވެ.
ންދާނެ.