Last Updated: April 19, 09:14
Saturday, April 19, 2025
ޚަބަރު

އިންޓަ-ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ބާއްވަނީ

ރާއްޖޭގެ ރިސޯޓް މުވައްޒަފުންނަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސް އިން ބާއްވާ "އިންޓަ-ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް" ގައި ބައިވެރިވާން ހުޅުވާލައިފި އެވެެ.

މި މުބާރާތް އޮންނާނީ މި މަހުގެ 27-30 އަށެވެ. އެހެންވެ ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 20 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މުބާރާތުގައި މަޝްހޫރު މޮބައިލް ގޭމްތައް ކަމަށްވާ ޕަބްޖީ އާއި ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) ގައި ވާދަކުރެވޭނެ އެވެ. އޮންލައިންކޮށް ބާއްވާ މި މުބާރާތުގައި ޖުމްލަ 20،000ރ. ގެ އިނާމު ޕޫލެއް ވެސް ލިބޭ އިރު، ޕަބްޖީ އާއި މޮބައިލް ލެޖެންޑްސް އަށް 10،000ރ. ރުފިޔާ ކަނޑައަޅާފައިވެ އެވެ.

މުބާރާތުގައި ދޭ އިނާމުތައް:

1 ވަނަ: 5،000ރ.
2 ވަނަ: 3،000ރ.
3 ވަނަ: 2،000ރ.

އުރީދޫން ބުނީ "އިންޓަ-ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް" ބާއްވަނީ ރިސޯޓްތަކުގެ ގޭމިން ކޮމިއުނިޓީތަކުގެ މެދުގައި ވާދަވެރި ގޭމިންއަށް ޝައުގުވެރިކަން އިތުރުވަމުންދާތީ ކަމަށެވެ. އެގޮތުން މި މުބާރާތުގެ ތެރެއިން އެކުވެރިކަމާއި ޓީމްވޯކް އަދި ޑިޖިޓަލް އެންގޭޖްމަންޓް އިތުރުކުރެވޭނެކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.

"މިއީ ޓްރެޑިޝަނަލް ހޮސްޕިޓާލިޓީ ސެޓިންގެ ބޭރުން ރިސޯޓް މުވައްޒަފުންގެ ހުނަރާއި އުފެއްދުންތެރިކަމާއި ކުޅިވަރުގެ ހުނަރު ދައްކުވައިދޭނެ ހަރަކާތެއް." އުރީދޫން ބުންޏެވެ.