އަންނަ އޮގަސްޓް މަހު މޮރޮކޯގައި ބާއްވާ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާތީ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ މުބާރާތް ބާއްވަނީ ދެ ކެޓަގަރީއަކަށެވެ. އެއީ މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމާއެކު ޤުރްއާނުގެ 7 ވަނަ ފޮތާއި 8 ވަނަ ފޮތުން ކަނޑައެޅޭ އާޔަތްތަކެއްގެ ތަފްސީރު ކިޔުމުގެ ބަޔާއި ވިދިވިދިގެން ޤުރްއާނުގެ 5 ޙިޒްބު (2 ފޮތް ބައި) ތަޖުވީދުގެ ހަމަތަކާއެކު ތަރުތީލުކޮށް ނުބަލައި ކިޔެވުމުގެ ބައެވެ.
މި ދެ ކެޓަގަރީން ވެސް ބައިވެރިވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިފައިވެ އެވެ.
އެހެންވެ މުބާރާތުގައި ރާއްޖެ އިން ބައިވެރިވާން ޝައުގުވެރިވާ އުމުރުން 10-40 އަހަރާ ދެމެދުގެ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 އާ ހަމައަށް ވަނީ ހުޅުވާ؛ލައިފަ އެެވެ.
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ ފުރަތަމަ ކެޓެގަރީގައި އިވެރިވެވޭނީ ރަނގަޅަށް ޢަރަބި ބަހުން މުޢާމަލާތު ކުރަން އެނގޭ، ޤުރްއާން ޙިފްޡުކޮށް ސަނަދު ޙާޞިލުކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި ރަނގަޅަށް ތަޖުވީދުގެ ޙުކުމްތަކާއެކު ކިޔަވަން އެނގެން ޖެހޭނެ އެވެެ.
ދެވަނަ ކެޓެގަރީއަށް ބައިވެރިޔަކު ހޮވުމުގައި ޤުރްއާން ހިތުދަސް ޙާފިޡުންނަށް އިސްކަން ދެވޭނެ ކަމަށާއި އަދި ބައިވެރިވާ ފަރާތަށް ޙިޒްބުތައް ވަކިކުރަން އެނގެން ޖެހޭނެ އެވެ.
މި މުބާރާތަކީ ދެ ޖިންސަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެއްކަމަަށާއި މި މުބާރާތަށް، ކޮންމެ ކެޓަގަރީއަކުން އެއް ބައިވެރިއަކު، ހޮވާނީ މއެކަމަށް އެދި ހުށަހަޅާ ފަރާތްތައް ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން އިމްތިޙާނު ކުރުމަށް ފަހު އެވެ.
އުމުރުން 18 އަހަރު ނުވާ ކުއްޖަކު ނުވަތަ ފެނުމުން މަޙްރޫމުވެފައިވާ ފަރާތްތަކާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތެއް މުބާރާތަށް ދިއުމަށް ހޮވިއްޖެ ނަމަ އެ ބައިވެރިޔަކާ އެކުގައި އެއް ބެލެނިވެރިޔަކު ގެންދިޔުމަށް ބޭނުންވާ އިންތިޒާމް މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސަވައި ދޭނެ އެވެ.