ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފި އެެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްތަކެއްގައި ބުނީ 40 ޑޮކްޓަރުންނާއި 70 ނަރުހުން ބޭނުންވާ ކަމަށެވެ. މިއީ މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ހޯދާ ޑޮކްޓަރުންނާއި ނަރުހުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ޑޮކްޓަރުން ހޯދަނީ މައިގަނޑު 8 ދާއިރާއަކުންނެވެ. އެއީ ޕީޑިއަޓްރިޝަން، އޮފްތަމޮލޮޖިސްޓް، ފިޒިޝަން، އެނެސްތެޓިސްޓް، އޯތޮޕީޑިސްޓް، ސާޖަން، ރޭޑިއޮލޮޖިސްޓް އަދި ގައިނިކޮލޮޖިސްޓެވެ.
މިއިން ކޮންމެ ދާއިރާއަކުން ހޯދަން އިއުލާންކުރީ 5 ޑޮކްޓަރުންނެވެ.
ޑޮކްޓަރުންނާއި ނަރުހުންގެ ވަޒީފާތަކަށް ކުރިމަތިލާން ޝައުގުވެރިވާ އެ ދެ ދާއިރާގެ މީހުންނަށް އެޕްލައި ކުރަން ހުޅުވާލާފައި ވަނީ މި މަހުގެ 24 އާ ހަމައަށެވެ.