މި މަހުގެ 10 ގައި ސިނަމާތަކަށް ގެނައި ސަނީ ޑިއޯލްގެ "ޖާޓް" ގެ ދެވަނަ ބައެެއް ހަދަން ނިންމާފައިވާކަން މިއަދު އިއުލާންކޮށްފި އެވެ.
ސަނީ ވަރުގަދަ އެކްޝަން ރޯލެއް ކުޅެފައިވާ ފިލްމުގެ ދެވަނަ ބައި އިއުލާންކުރި ނަމަވެސް ބެލުންތެރިންނަށް އެ ގެނެސްދޭނެ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ. "ޖާޓް 2" ވެސް ޑައިރެކްޓްކުރާނީ ފުރަތަމަ ބައި ހެދި ގޯޕީޗަންދު މަލިނޭނީ އެވެ.
"ޖާޓް" ގެ ކާސްޓްގައި ރަންދީޕް ހޫޑާ، ސައްޔާމީ ކޭރް، ރެޖީނާ ކެސަންޑްރާ، ވިނީތު ކުމާރުމ ޒަރީނާ ވައްހާބް އަދި ޖަގަޕަތީ ބާބޫ ހިމެނެ އެވެ.
ޖުމްލަ 100 ކްރޯޑް ރުޕީސް (11.7 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ޖާޓް" އަށް މިހާތަނަށް ބޮކްސް އޮފީހުގައި 53.92 ކްރޯޑް ރުޕީސް( 6.3 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެ އެވެ.
ސަނީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ލާހޯރް، 1947"، އާއި "ރާމާޔަން" އަދި "ބޯޑާ 2" ހިމެނެ އެވެ.