Last Updated: April 19, 10:13
Saturday, April 19, 2025
ޚަބަރު

އައްޑޫގައި އަންނަ ހަފުތާގައި ހެލްތު ކޭމްޕެއް

ހެލްތު ކޭމްޕާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއް. ފޮޓޯ/ އައްޑޫ ޑަބްލިއުޑީސީ

އަންނަ ހަފުތާގައި އައްޑޫގައި ހެލްތު ކޭމްޕެއް ބާއްވަން ނިންމައިފި އެވެ.

މި މަހުގެ 24-26 އަށް ކުރިއަށް ގެންދާ މި ކޭމްޕަކީ އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމްކޮށްގެން އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާ ގުޅިގެން ބާއްވާ ކޭމްޕެކެވެ.

ހެލްތު ކޭމްޕް ކުރިއަށް ގެންދާނީ މަރަދޫފޭދު އާއި ހިތަދު އާއި ހުޅުމީދޫގަ އެވެ.

މި ކޭމްޕްގެ ތެރޭގައި ހުރިހާ އުމުރުފުރައަކަށް ހެލްތް ޗެކަޕް ހެދުމާއި، ދުޅަހެޔޮ ސިއްޙަތާއި ބެހޭ އެކިއެކި މައުލޫމާތު ފޯރުކޮށް ދިނުމުގެ އިތުރުން ކުޑަކުދިންނަށް ޙާއްސަ ސްޓޯލެއް ކޭމްޕްގައި ހުންނާނެއެވެ.

އެހެންވެ ވީހާ ވެސް ގިނަ ބަޔަކު ހެލްތު ކޭމްޕްއަށް ޒިޔާރަތް ކުރަން އަންހެނުންގެ ކޮމިޓީން އެދިފައިވެ އެވެ.