ފުވައްމުލަކުގައި ކުއްލި ގޮތަކަށް ޒުވާނަކު މަރުވެއްޖެ އެވެ.
މަރުވީ ރ. އަލިފުށި، އަބަދަށްހިޔާގެ، އަބްދުﷲ ރިޝްދާން، 27 އެވެ.
ފުލުހުން ބުނީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ މީހަކު އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ މައްސަލައެއް މިއަދު މެންދުރު 12:11 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި އެ މިހާ ހޮސްޕިޓަލަށް ގެންދިޔައީ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތުގައި ހުއްޓާ ޚަބަރު ހުސްވެގެން ވެއްޓިގެން ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން އެމީހާގެ މޫނަށް އަނިޔާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.