ވޯލްޑް ފޮޓޯ ޕްރެސް ފައުންޑޭޝަންގެ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ 'ފްރެސް ފޮޓޯއަކަށް' ދެ އަތް ގެއްލިފައިވާ ގާޒާގެ ކުޑަ ފިރިހެން ކުއްޖަކު ފެންނަ ފޮޓޯއަކަށް ލިބިއްޖެ އެވެ.
މި ފޮޓޯ އިން ފެންނާނީ ގާޒާ އަށް އިޒްރޭލުން މިދިޔަ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ދިން ވައިގެ ހަމަލާތަކެއްގައި ޒަހަމްވެ ދެ އަތް ގެއްލުނު 9 އަހަރުގެ މަހުމޫދު އަޖޫރް އެވެ.
މި ފޮޓޯ ނަގާފައި ވަނީ ނިއު ޔޯކް ޓައިމްސް އަށް ފަލަސްތީނުގެ ފޮޓޯގްރާފަރެއް ކަމަށްވާ ސަމަރް އަބޫ އަލޫފެވެ.
"ވޯލްޑް ޕްރެސް ފޮޓޯ އޮފް ދި އިޔާ 2025" އަށް މި ފޮޓޯ ހޮވުމާ ގުޅިގެން އެ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު ޖޮމާނާ އަލް ޒެއިން ޙޫރީ ވިދާޅުވީ ކުޑަ ފިރިހެން ކުއްޖާގެ އެ ނުކުޅެދުންތެރި ހާލަތުން ދައްކުވައިދޭ މަންޒަރަކީ މިއަދު މުޅި ގާޒާގެ ވެސް ހާލަތު ކަމަށެވެ. އަދި ފޮޓޯ އިން ވަރަށް ގިނަ ވާހަކަތައް ދުނިޔެ އަށް ކިޔައިދޭ ކަމަށް ވިދާޅުވި އެވެ.
"މިއީ ޖީލުތަކަކަށް ދެމިގެން ދާނެ ވަރަށް ހިތްދަތި ވާހަކަތަކެއް." ޖޮމާނާ ވިދާޅުވި އެވެ.
ގަތަރުގެ ދޯހާގައި މިހާރު ދިރިއުޅެމުން އަންނަ ސަމަރަކީ ގާޒާގެ އަސަރުން ފުރިފައިވާ މިފަދަ ކިތަންމެ މަންޒަރެއް އޭނަގެ ކެމެރާގެ ލެންސްގައި ރައްކާކޮށްފައިވާ ފޮޓޯގްފާރަކެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ ފޮޓޯ އިން ފެންނަ ކުއްޖާ އާއި ފޮޓޯގްރާފަރު ވެސް މިހާރު ދޯހާގައި ދިރިއުޅެނީ އެއް އެޕާޓްމަންޓް ކޮމްޕްލެކްސްއެއްގައިކަމެވެ.