Last Updated: April 19, 11:54
Saturday, April 19, 2025
ޚަބަރު

މަހާޒާއި އަޒްމިރާލްދާ ވަކިކުރަން ނިންމައިފި

ސަސްޕެންޝަންގައި މިހާރު ތިއްބެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުއާއި އަލީ މަހާޒް އަލީ ޒާހިރު ވަކިކުރަން އެ ދެ ފަނޑިޔާރުންގެ މައްސަލަ ބަލަމުންދާ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ތަހުގީގު ޓީމުން މިރޭ ނިންމައިފި އެވެ.

މިރޭ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ވަނީ އެ ކޮމިޝަނުގެ މެންބަރުންނާއި ތަހުގީގީ ރިޕޯޓުތައް ހިއްސާކޮށްފަ އެވެ.

މި ނިންމުމަށް ޖަވާބުދާރީވާން ފަނޑިޔާރުންނަށް ހަތް ދުވަހުގެ ފުރުސަތެއް ލިބޭނެ އެވެ. ފަނޑިޔާރުން މަގާމުން ވަކިކުރުމާމެދު ޖޭއެސްސީން ގޮތެއް ނިންމާނީ ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމަށްފަހު އެވެ.

ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އަޒްމިރަލްދާ އާއި މަހާޒު އިންނެވި ކަމަށް ބުނާ މައްސަލައިގަ އެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒުއާ ގުޅޭ ގޮތުން ޖޭއެސްސީން ބެލީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައެކެވެ.

އެ މައްސަލައިގައި ދެ ފަނޑިޔާރުން ހާޒިރުކޮށް ޖޭއެސްސީން ވަނީ ބަޔާން ވެސް ނަގައިފަ އެވެ.