Last Updated: April 19, 13:58
Saturday, April 19, 2025
ޚަބަރު

ޑްރަގް އޮޕަރޭޝަނެއްގައި ދެބެއިން ހައްޔަރުކޮށްފި

ހުޅުމާޅޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެއް ގެއަކަށް ނިސްބަތްވާ ދެ ބެއިންނެވެ. އެއީ މ. އަލިހަވާ، ކ. މާލެ ރާއިފު ޔޫސުފް ،28، އާއި ރާއިގު ޔޫސުފް ،28، އެވެ.

ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކުރީ ރޭ ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ހުޅުމާލޭގެ އެޕާޓްމެންޓަކުން ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމެންޓް ބަލައި ފާސްކުރުމަށްފަހު ފުލުހުން ވަނީ ވޭޕް ފްލޭވާ ފުޅިތަކާއި، ވީޑް ގްރައިންޑާއަކާއި ވޭޕްތަކާއި ވަޅިއެއް އަތުލައިގެންފަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.