Last Updated: April 19, 18:47
Saturday, April 19, 2025
ޚަބަރު

ފޭދޫގައި ފުލުހުން ގަސްތަކެއް އިންދައިފި

އައްޑޫ ފޭދޫގައި ގާއިމުކުރަމުން އަންނަ ފުލުހުންގެ ރީޖަނަލް ހެޑް ކުއާޓާސްގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

އިއްޔެ ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ މޭވާ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެެއް ކަމަށް ފުލުހުން ބުންޏެވެ.

ފޭދޫގައި ގަސް އިންދުމުގެ ހަރަކާތުގައި ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާޢު އާއި އައްޑޫގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވި އެވެ.

ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން، ރާއްޖޭގައި ފުލުހުން ތިބި ހުރިހާ ސަރަހައްދެއްގައި މޭވާ ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް އަންނަނީ ކުރިއަށް ގެންދަމުންނެވެ.