Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

ރިސޯޓެއް ކައިރިން ފެނުނު ކިނބޫ ހިފައިފި

މީގެ ކުރިން ކަނޑިންމަ ރިސޯޓުން ހިފި ކިނބޫ

ކ. އަތޮޅު ރިސޯޓެއް ކައިރިން މިއަދު ފެނުނު ކިނބޫ ސިފައިން ހިފައިފި އެވެ.

އެމްއެންޑީއެފުން ބުނީ މާލެ އަތޮޅު ވަރު- ބައި އެޓޮމޮސްފެއާ ކައިރިން ފެނުނު ކިނބޫ މިހާރު ހިފައި، އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ރިސޯޓު ކައިރިން ކިނބޫ ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ. އޭގައި ފެންނަނީ ގާތްގަނޑަކަށް ހައެއްކަ ފޫޓުގެ ކިނބުލެއް, ހިލަ ތޮށިގަނޑުމަތީ މޫދަށް ފައިބާ މަންޒަރެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ އެކި ހިސާބުތަކުން ކިނބޫ ފެނުފައިވެ އެވެ.