Last Updated: April 21, 09:35
Monday, April 21, 2025
ޚަބަރު

އުރީދޫގެ އިތުރު ދެ މުވައްޒަފަކު ހާވާޑުން ގްރެޖްއޭޓްވެއްޖެ

އެމެރިކާގެ ހާވާޑް ބިޒްނަސް ސުކޫލާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ހިންގި ކޯހެއްގައި އެ ކުންފުނީގެ އިތުރު ދެ މުވައްޒަފަކު ދަސްވެނިވެެއްޖެ އެވެ.

އެ ޔުނިވާސިޓީން ދަސްވެނިވި މުވައްޒަފުންނަކީ މުޙައްމަދު އަކްޝަމާއި މުޙައްމަދު އިބްރާހީމެވެ.

އެ މުވައްޒަފުން ދަސްވެނިވެފައި ވަނީ ހާވާޑް ބިޒްނަސް ސުކޫލާއި އުރީދޫ ލީޑަޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމް (އެލްޑީޕީ) ގުޅިގެން ހިންގި ކޯހެއްގަ އެވެ.

އުރީދޫން ވަނީ، ދަސްވެނި އެކުންފުނީގެ މުވައްޒަފުންނަށް ހޫނު މަރުހަބާއެއް ވެސް ކިޔައިފަ އެވެ. ކުންފުނިން ބުނީ މުވައްޒަފުންގެ ހިތްވަރާއި މަސައްކަތުން ކާމިޔާބީ ހޯދައި ދީފި ކަމަށާއި އެކަމާ ފަޚުރުވެރިވާ ކަމަށެވެ.

އުރީދޫން ބުނީ އެކުންފުނީގެ މުވައްޒަފުންނަށް އިންވެސްޓުކުރުމަށާއި މުސްތަގުބަލަށް ހަރަކާތްތެރިވާނެ ލީޑަރުން ބިނާކުރުމަށް ހިތްވަރުދޭނެ ކަމަށެވެ.

މިދިޔަ އަހަރު ވެސް ވއުރީދޫގެ ހަ މުވައްޒަފަކަށް ތިން އަހަރުތެރޭ ހާވާޑް ޔުނިވާސިޓީން ދުނިޔޭގެ ފެންވަރުގެ ތަމްރީނު ދީ، އެކަން ފާހަގަކޮށްފައިވެ އެވެ.

އުރީދޫން އަންނަނީ ހާވާޑް ޔުނިވާސިޓީއާ ގުޅިގެން އަހަރަކު ދެ މުއައްޒަފުންނަކަށް ތަމްރީނު ދެމުންނެވެ.

އެ ކުންފުނިން 2021 ގައި ފެށި މި ޕްރޮގްރާމަކީ މުވައްޒަފުންގެ ލީޑާޝިޕް ޤާބިލުކަން އިތުރުކޮށް ތަރައްޤީ ކުރުމަށް ފަރުމާކޮށްފައިވާ، ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ތަމްރީނާއި، ހުނަރާއި، ތަޖުރިބާ ފޯރުކޮށްދޭ ޕްރޮގްރާމެކެވެ.