Last Updated: April 21, 10:12
Monday, April 21, 2025
ޚަބަރު

ފުރާޅު މައްޗަށް ވެއްޓުނު މީހާ ވެންޓިލޭޓަރުގައި

މާލޭގައި ފުރާޅެއްގެ މައްޗަށް ވެއްޓުނު އަންހެން މީހާ އަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެެވެ.

އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު 21 އަހަރުގެ މީހެކެވެ. އެ ރިޕޯޓް ފުލުހުންނަށް ލިބުމާ އެކު ސިފައިންގެ އެހީގައި އެ މީހާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް އެ ހާދިސާގެ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.

އެ މީހާ ވެންޓިލޭޓަރުގައި އޮތް އިރު، ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް ހޮސްޕިޓަލުން ވެސް ހާމައެއް ނުކުރެ އެވެ.

އަންހެން މީހާ ފުރާޅު މައްޗަށް ވެއްޓުނު މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.