ޓެކްނޮލޮޖީއާ އެކު މުޅި ދުނިޔެ ވެސް ބާރަށް ކުރިއަރަމުން އަންނަ އިރު، ދެތިން ކަމަކަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި ޓެކްނޮލޮޖީގެ އާ ކުރިއެރުންތަކާ އެކު ރާއްޖެ ވެސް ބާރަށް ކުރިއަރަން ޖެހޭ ކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެ އެވެ.
ޓެކްނޮލޮޖީގެ އާ އީޖާދުތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ބިޓްކޮއިން ފަދަ ކަންކަމުގެ މުއާމަލާތްތަކުގައި ދުނިޔޭގެ ގައުމުތައް ބާރަށް ކުރިއަރަމުން އަންނަ އިރު، ރާއްޖެ އޮތީ ވަރަށް ފަހަތުގައި ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްޓަކާ ގުޅިގެން އުގައިލް ވިދާޅުވީ ރާއްޖެ މިހާރު ކުރިއަށް ދާން އިހުތިޔާރުކުރާ މިސްރާބު ވާނީ ކުރިމަގުގެ ޖީލު ބައްޓަންވެގެން ދާނެ މިސްރާބު ކަމަށެވެ.
އެގޮތުން މިހާރު ދުނިޔެ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރަމުން އަންނަ އިރު އޭއައި އާއި ޑިޖިޓަލް އިސްތިގުލާލުގެ ދުވެލި ބާރު ކަމަށް ވިދާޅުވި އެވެ.
"އެހެންވެ ގައުމެއްގެ ގޮތުގައ ކުރިއަރަން މަސައްކަތްކުރާ އިރު، ކޮންކްރީޓް ތަރައްގީ އާއި ޓޫރިޒަމަށް އެކަނި ބަރޯސާވެގެން ތިބެވޭކަށް ނެތް." އުގައިލް ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ އައްޑޫ ހިތަދު އަށް އުފަން ޕްރޮފެސަރު ވިދާޅުވީ ރާއްޖެ ބާރަށް ކުރިއެރުވަމަށްޓަކައި ޒުވާނުން ބާރުވެރިކޮށް، ފުރުސަތުތައް ފަހިކޮށް ދޭން ޖެހޭ ކަމަށެވެ.
Yes — the Maldives is at a crossroads, and the direction we choose now will define our future for generations. The world is racing ahead with technologies such as AI and digital sovereignty. As a nation, we can no longer afford to keep spinning the same wheel of concrete… https://t.co/KmoZ1kFnXr
— Professor Ugail (@ugail) April 19, 2025
"ހަގީގީ ބަދަލެއް އަހަރެމެން ބޭނުންވާ ނަމަ ސާފު ސިޔާސަތުތަކެއް އެބަ ބޭނުންވޭ. އެގޮތުން ހަމަހަމަ ފުރުސަތުތައް ހޯދައިދީ ކޯޑިން އާއި ޑިޖިޓަލް ލިޓްރަސީ އާއި ވިޔަފާރިތަކަށް ފަހި ފަންޑް ލިބޭނެ ގޮތްތައް ވެސް ހޯދައި ދޭން ޖެހޭ." އުގައިލް ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި ހަރުދަނާ ކޮޕީ ރައިޓް ގާނޫނާއެކު ފިކުރީ މުދާ ހިމާޔަތްކޮށް ދެެވޭނެ އުސޫލުތަކެއް ވެސް ބޭނުންވާ ކަމަށެވެ.
"ރާއްޖެ އަކީ ހަމައެކަނި އެހެން ބައެއްގެ މަންޒިލަކަށް ހަދައިގެން ތިބުމުގެ ބަދަލުގައި ރާއްޖެ އަކީ ދިވެހިނަށް ފުރުސަތުތައް ފަހިކޮށްދޭ ތަނަކަށް ހަދަން ޖެހޭ." އުގައިލް ވިދާޅުވި އެވެ.
އޭނަ މި މޭރުމުން ވާހަކަ ދެއްކެވި އިރު، އާ ޓެކްނޮލޮޖީތަކާ އެކު ރާއްޖެ ކުރިއެރުވުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަސް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ. އެގޮތުން ޓެކްނޮލޮޖީގެ ތެރެއިން ދިވެހިން ބާރުވެރި ބަޔަކަށް ހަދަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ހިޔާލު ފާޅުކުރައްވާ 2ކޮމެންޓް
ޓެކްނޮލޮޖީއާ އެކު ރާއްޖެ ކުރިއަރަން ޖެހޭ: އުގައިލް ނިކަން މިކަން ކުރާނެ ގޮތް މިރާއްޖޭގަ މިކަން ކުރަން ތިބިމީހުނަށް މިތަނަށް އައިސް ކިޔާލަ ދީބަލަ، މާދުރުގަ އެހެން ކަރައެއްގެ ހުރެ ވާހަކަނުދައްކާ
އައްޑޫގޫބަޑާއިން މުޅިންވެސް އަނގައިން ކަންތަ ކުރާނީ " ފޮނި ކެނޑު، ދޮގޮހެދުން، އޮޅޮވާލުން" ނޫން ކަމެއް ކުރާކައް ނޭންގޭނެ