Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

މާރާމާރީއެއްގައި ބިދޭސީއަކު ޒަހަމްކޮށްލައިފި

ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި ބިދޭސީއަކަށް ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ އެ މާރާމާރީގައި އެ މީހާ ބޯފަޅާލާފައިވާ ކަމަށާއި އެ މައްސަލައިހައި ތިން މީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 18 އަހަރުގެ ތިން މީހަކާއި 17 އަހަރުގެ ކުއްޖެކެވެ.

ހައްޔަރުކުރި އެންމެންނަކީ ވެސް ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ފިހާރައެއް ކައިރީ ހިނގި މާރާމާރީގެ ރިޕޯޓް ލިބުނީ ރޭ އިރާކޮޅު 7:13 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބިދޭސީ މީހާ އަށް ޒުވާނުން ހަމަލާދިނީ މަގުމަތީގައި އަންހެން ކުއްޖަކާ ފޮށި، އޭނަގެ އަތުގައި ހިފުމާ ގުޅިގެންނެވެ.

މި މާރާމާރީގައި ޒަހަމްކޮށްލި ބިދޭސީ މީހާ އަކީ ބަންގްލަދޭޝްގެ މީހެކެވެ. އޭނަ އަށް ހުޅުމާލޭގައި ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ އިރު، އެ މާރާމާރީ ހިންގީ ހުޅުމާލޭގެ ބޯގަންވިލާ މަގުގެ ފިހާރައެއްގެ ކައިރީގަ އެވެ.